-
Notifications
You must be signed in to change notification settings - Fork 0
Expand file tree
/
Copy path06 Lhaviyani.json
More file actions
103 lines (103 loc) · 24.1 KB
/
Copy path06 Lhaviyani.json
File metadata and controls
103 lines (103 loc) · 24.1 KB
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
{ "dhivehi":"ޅ","definition":"ތާނައިގެ ހަވަނައަކުރު.","latin":"lhaviyani","english":"6th letter of thaana"}
{ "dhivehi":"ޅަ","definition":"ނ. އޮޑިދޯނި ފަހަރުގެ ވަތުތެރޭގައި އެއްޗެހި ބަހައްޓަން ހުރަހަށް ބަހައްޓާ ލަކުޑި އާއި ދަނޑިފަދަ ތަކެތި.ހަރުކަމުގެ އިދިކޮޅު. މިސާލު: (ހ) މިއީ ޅަ އަނބެކެވެ. (ށ) މިފާރު އަދި މާ ޅަ އެވެ.ޢުމުރުން ހަގު.ހިލާއެއްޗެއް ހެއުވަރަށް ވަރުނުވާ. މިސާލު: މެޓާގަނޑު ހަރުވާ ވަރަށްވުރެ މާ ޅައެވެ.ވިސްނުންދެރަ. މިސާލު: އޭނާގެ ވިސްނުން މާ ޅައީއެވެ.ވައިމަތިން ވިއްސާރަގަނޑެއް އަންނާން ކައިރިވާ ވައްތަރު. މިސާލު: ވައިމަތި މުޅިން ޅަ ކޮށްލައިފިއެވެ.ވަކިޒާތެއްގެ ބޭހެއްކުރުމުން ހަށިގަނޑަށް ލިބޭ ބާވަތެއްގެ ދެރައެއް. މިސާލު: ތިޔަ ހުޅު ހަމަޖެއްސޭނީ ބޭސްގަނޑެއް އަޅައި ކަށި ޅަ ކޮށްގެންނެވެ.ތަޖުރިބާމަދު. މިސާލު: މިމަސައްކަތަށް އޭނާ އަދި މާ ޅަވާނެއެވެ.","latin":"lha","english":"childish"}
{ "dhivehi":"ޅަހަނޑޫ","definition":"ހަނޑުލުގެ ބާވަތެއް. މިއީ، އާދައިގެ ހަނޑުލަށްވުރެ އަވަހަށް މަޑުވާ ހުދު ހަނޑުލެކެވެ. ދިވެހީން އާއްމުކޮށް މިހަނޑޫ ބޭނުންކޮށްއުޅެނީ ބަތްޕެނާއި ބޮނޑިބަތް ކެއްކުމަށެވެ.","latin":"lhahandoo","english":""}
{ "dhivehi":"ޅަހީ","definition":"ކުޑަކޮށް ކަރުވާލާހީ.","latin":"lhahee","english":""}
{ "dhivehi":"ޅަހެދި","definition":"(ބދ.) ޅަ.","latin":"lhahedhi","english":""}
{ "dhivehi":"ޅަނދޮޅު","definition":"ރަނގަޅަށް ހެދިބޮޑުވާ.ޅަކަމާ ތާޒާކަންހުންނަ. މިބަސް ބުނެއުޅެނީ ދިރިއުޅޭ ތަކެއްޗަށާއި ގަސްގަހާ ގެއްސަށެވެ.","latin":"lhandholhu","english":""}
{ "dhivehi":"ޅަނދޮޅުވުން","definition":"ޅަކަމާއެކު ތާޒާވުން.ޅަކޮށްހެދުން.","latin":"lhandholhuvun","english":""}
{ "dhivehi":"ޅަންގައޯގަ","definition":"(ނކ.) ހަލާކުވުމުގެ އިރުވަރު.","latin":"lhangaoaga","english":""}
{ "dhivehi":"ޅަބާޅަ","definition":"ޅަނދޮޅު.ރަނގަޅަށް ހެދި ބޮޑުވާ.ޅަކަމާ ތާޒާކަން ހުންނަ.","latin":"lhabaalha","english":"youthful"}
{ "dhivehi":"ޅަބާޅަކަން","definition":"ޅަދޮނޅުކަން.ރަނގަޅަށްހެދި ބޮޑުވާކަން.ޅަކަމާ ތާޒާކަން ހުންނަކަން.","latin":"lhabaalhakan","english":""}
{ "dhivehi":"ޅަބޭސް","definition":"ހަށިގަނޑު ޅައިކުރާންދޭ ބޭސް، ނުވަތަ އަޅާބޭސް.","latin":"lhabeys","english":""}
{ "dhivehi":"ޅަބޮނޑިބަތް","definition":"ވިހައިގެން އުޅޭމީހުންނަށް ހިލިބޭސްދިނުމުގެ ކުރީގައި ދޭން ބޭސްލައިގެން ކައްކާ ބޮނޑިބަތެއް.","latin":"lhabondibaiy","english":""}
{ "dhivehi":"ޅަކަން","definition":"ހަރުކަމުގެ އިދިކޮޅު.އުމުރުން ހަގުކަން.ހިލާއެއްޗެއް ހެއުވަރަށް ވަރުނުވާކަން.ނުރަނގަޅުކަން.ފައްކާނުވާކަން.ވިސްނުންދެރަކަން.ވައިމަތިން ވިއްސާރަގަނޑެއް އަންނާން ކައިރިވާ ވައްތަރު ފެންނަކަން.ވަކިޒާތެއްގެ ބޭހެއްކުރުމުން ހަށިގަނޑަށް ލިބޭ ބާވަތެއްގެ ދެރަކަން.ތަޖުރިބާނެތްކަން.","latin":"lhakan","english":""}
{ "dhivehi":"ޅަކާޅުވަސް","definition":"މަޖާޒު: ބައެއްކުޑަކުދިން ފެންނުވަރާ ތިބޭއިރު ދުވާވަހެއް.","latin":"lhakaalhuvas","english":""}
{ "dhivehi":"ޅަކުދިން","definition":"ހަތްއަހަރުނުވާ ކުދިން.","latin":"lhakudhin","english":""}
{ "dhivehi":"ޅައި","definition":"މިނިކާ ސޫފި.ޖަނަވާރަކާ އެއްފަދަކުރުމަށް މީހުނާ ދިމާއަށް ބުނާބަހެއް.އޮޑިދޯނިފަހަރަށް އެއްޗެހި އަރުވާންވެގެން ވަތުތެރޭ ހުރަހަށް ބަހައްޓާ ލަކުޑިފަދަ އެއްޗެހި.","latin":"lhai","english":""}
{ "dhivehi":"ޅައިރުވާކެޔޮ","definition":"ބަނބުކެޔޮގަހުން އިރުވާކެޔޮހުސްވުމާއި، ހުޅަނގު ކެޔޮނިކުތުމާއި ދެމެދުގައި ނުކުންނަކެޔޮ.","latin":"lhairuvaakeyo","english":""}
{ "dhivehi":"ޅައިކަން","definition":"ހަށިގަނޑަށް ބޭސްކޮށްގެން ގެންނަ މަޑުކަން.ލޮލުގައި މަޑުލައިގެން ގިނައިން ފެންއަންނަގޮތް ވާކަން.","latin":"lhaikan","english":""}
{ "dhivehi":"ޅައިކުރުން","definition":"ބޭހެއްގެ ސަބަބުން ހަށިގަނޑު ޅައި ވާނެގޮތް ހެދުން.","latin":"lhaikurun","english":""}
{ "dhivehi":"ޅައިއެޅުން","definition":"ޅައެޅުން.","latin":"lhaielhun","english":""}
{ "dhivehi":"ޅައިވަނި","definition":"(އ.) ހިޔަމަ.","latin":"lhaivani","english":""}
{ "dhivehi":"ޅައިވުން","definition":"ޅައިކަން ލިބުން.އުދަރެހުގެ ހަރުކެނޑި ވިއްސާރަ ހަދާގޮތްވުން.","latin":"lhaivun","english":""}
{ "dhivehi":"ޅައިފަންގެ","definition":"އޮޑިދޯނިފަހަރަށް މުދާއަރުވަން ޅައިއަޅައި ފައްލަވަހަދަން ވަތުތެރޭ ޖަހަން ބޭނުންކުރާ ފަންގެ.","latin":"lhaifange","english":""}
{ "dhivehi":"ޅައިގައިޖެހުން","definition":"ދިޔަގަނޑު ބޮޑުވެގެން ޅަޔަށް އަޅައިފައި ހުންނަ އެއްޗެއްގައި ފެންޖެހުން. މަޖާޒު:ކަންބޮޑުވުން.ސިއްރުން ކުރަމުން އަންނަކަމެއް ފާޅުވުން.އޮޑިދޯނުފަހަރުގެ ދިޔަގަނޑު ބޮޑުވަމުންގޮސް ހުޅަތަކުގެ ޅަފަނުން ދިޔަހިލޭވަރުވުން.","latin":"lhaigaijehun","english":""}
{ "dhivehi":"ޅައީދުމަ","definition":"(ބދ.) ރިނދަ.","latin":"lhaeedhuma","english":""}
{ "dhivehi":"ޅައެޅުން","definition":"އޮޑިދޯނިފަހަރުގެ ވަތުގައި ތަކެތި ބެހެއްޓުމަށްޓަކައި ވަތުތެރޭގައި ހުރަހަށް ލަކުޑި ފަދައެއްޗެއް ބެހެއްޓުން. (މިކަން ކުރަނީ ދިޔަ ޖެހިގެން މުދައު ތެމަނަ ނުދިނުމަށެވެ.)","latin":"lhaelhun","english":""}
{ "dhivehi":"ޅައެއްޗެއްއެޅުން","definition":"މަޖާޒު: ނުރަގަޅުގޮތަކަށް ކަމެއްކުރުވުން.","latin":"lhaecheelhun","english":""}
{ "dhivehi":"ޅަވަސް","definition":"އެންމެ ޅަކުދިން ގައިން ދުވާވަސް.","latin":"lhavas","english":""}
{ "dhivehi":"ޅަވިޔަނި","definition":"ތާނައިގެ ހަވަނަ އަކުރު.","latin":"lhaviyani","english":""}
{ "dhivehi":"ޅަވުން","definition":"ޅައިވުން.ހަގުވުން.ހިލާތަކެތި ވަރުނުވުން.ތަރުކާރީއާއި މޭވާ ގަސްގަހުގައި ހަރަން ހުންނަ އެއްޗެހި ހުސްވުން.ވިސްނުން ދެރަވުން.ވައިމަތިން ވިއްސާރަ ކޮޅިގަނޑެއް އަންނާން ކައިރިވާގޮތްވުން.ވަކިބާވަތެއްގެ ބޭހެއް ކުރުމުން ހަށިގަނޑަށް ބާވަތެއްގެ ދެރަކަމެއް އައުން.","latin":"lhavun","english":""}
{ "dhivehi":"ޅަވެގެންއުޅުން","definition":"ތިޟާގެ އުމުރަށްވުރެ ޅަގޮތްދައްކައިގެން އުޅުން.","latin":"lhavegenulhun","english":""}
{ "dhivehi":"ޅަމަރު","definition":"މޭވާގެ އެންމެ ގިތި އެއްޗެހި.މަރުގަހުގެ ގިތި އެއްޗެހި.ނއ. މޭވާގެ އެންމެގިތި. މިސާލު: (ހ) ގިތިޅަމަރު. (ށ) ޅަމަރުގިތި.","latin":"lhamaru","english":""}
{ "dhivehi":"ޅަމަވަން","definition":"ނޫ.","latin":"lhamavan","english":""}
{ "dhivehi":"ޅަމަޑޫ","definition":"ފުރާދުއްވާ އެއްޗެހީގެ ޅައަޅާ ހިސާބުގައި އޮންނަ މަޑޫ.","latin":"lhamadoo","english":""}
{ "dhivehi":"ޅަމިޔަ","definition":"ޅަފަށް.","latin":"lhamiya","english":""}
{ "dhivehi":"ޅަމެދު","definition":"(ބދ.) ހިތް.","latin":"lhamedhu","english":""}
{ "dhivehi":"ޅަފަށް","definition":"ތޫނުކޮށް ހަނުލައިފައި ތެޔޮހަނުނުލާ އޮންނައިރު މިޔައިގައި ހުންނަ ރާޅުކަން.","latin":"lhafah","english":""}
{ "dhivehi":"ޅަފަށްއެރުން","definition":"ހަނުލީމާ ޅަފަށް އުފެދުން.","latin":"lhafaherun","english":""}
{ "dhivehi":"ޅަފަށްވެއްޓުން","definition":"ޅަފަށް ފިލުން.","latin":"lhafahvetun","english":""}
{ "dhivehi":"ޅަފަންގެ","definition":"ޅަ އަޅައިފައި، ޅަމަތީގައި ޖަހާފަންގެ.","latin":"lhafange","english":""}
{ "dhivehi":"ޅަފަތް","definition":"ކިރުބޯ ފުރާ.މަޖާޒު: ޅަފުރާ.","latin":"lhafaiy","english":""}
{ "dhivehi":"ޅަފީ","definition":"ބަތްއެތީގެ ގިނިމަޑުވުމުގެ ސަބަބުން ކެކިނުކެކި ހުރެގެން ހިނދޭ ހިނދުން.","latin":"lhafee","english":""}
{ "dhivehi":"ޅަފީވުން","definition":"ކައްކާ ބައެއްކާތަކެތި ގިނިމަޑުވެގެން ރަނގަޅަށް ނުކެކިހުރެ ހިނދުން.މަޖާޒު: ހަށިގަނޑަށް ލިބޭ ދެރަކަމަކުން ލޮޑުވެ ކަންތައްކުރާހިތް ނުވުން.","latin":"lhafeevun","english":""}
{ "dhivehi":"ޅަފުރާ","definition":"ޅައުމުރު.","latin":"lhafuraa","english":""}
{ "dhivehi":"ޅަދަރަ","definition":"ސާދަ ސޯޅަ ސަތާރަ އަށާރައިގެ އުމުރު.","latin":"lhadhara","english":""}
{ "dhivehi":"ޅަދަރާ","definition":"ޅަ އަޅާ ހިސާބުގައި ދަމައިފައި ހުންނަ ދަރާ.","latin":"lhadharaa","english":""}
{ "dhivehi":"ޅަދަރިބަފާ","definition":"ޅަދަރިންތިބި ފިރިހެނެއް.ކުދިންލިބި އެކުދިން ރަނގަޅަށް ބެލޭނޭގޮތް ނެތިފައިވާ ފިރިހެނެއް.މަޔަކާ ނުލާ ކުދިން ބަލަންޖެހިފައިވާ ފިރިހެނެއް.","latin":"lhadharibafaa","english":""}
{ "dhivehi":"ޅަދަރިބަފާކަން","definition":"ޅަދަރިންތިބި ބަފައެއްކަން.ކުދިންލިބި އެކުދިން ރަނގަޅަށް ބެލޭނެގޮތް ނެތިފައިޥާ ފިރިހެނެއްކަން.މަޔަކާ ނުލާ ކުދިން ބަލަންޖެހިފައިވާ ފިރިހެނެއްކަން.","latin":"lhadharibafaakan","english":""}
{ "dhivehi":"ޅަދަރިބަފާވުން","definition":"ޅަދަރިންތިބި ބަފައަކަށްވުން.ކުދިން ލިބި އެކުދިން ރަނގަޅަށް ބެލޭނެގޮތް ނެތިފައިވާ ފިރިހެނަކަށްވުން.މަޔަކާނުލާ ކުދިން ބަލަން ޖެހިފައިވާ ފިރިހެނަކަށްވުން.","latin":"lhadharibafaavun","english":""}
{ "dhivehi":"ޅަދަރިމައި","definition":"ޅަދަރިންތިބި އަންހެނެއް.ކުދިންލިބި އެކުދިން ރަނގަޅަށް ބެލޭނޭގޮތް ނެތިފައިވާ އަންހެނެއް.ބަފައަކާ ނުލާ ކުދިންބަލަން ޖެހިފައިވާ އަންހެނެއް.","latin":"lhadharimai","english":""}
{ "dhivehi":"ޅަދަރިމައިކަން","definition":"ޅަދަރިންތިބި މައެއްކަން.ކުދިންލިބި އެކުދިން ރަނގަޅަށް ބެލޭނޭގޮތް ނެތިފައިވާ އަންހެނެއްކަން.ބަފަޔަކާ ނުލާ ކުދިންބަލަން ޖެހިފައިވާ އަންހެނެއްކަން.","latin":"lhadharimaikan","english":""}
{ "dhivehi":"ޅަދަރިމައިވުން","definition":"ޅަދަރިންިތިބި މަޔަކަށްވުން.ކުދިންލިބި އެކުދިން ރަނގަޅަށް ބެލޭނޭގޮތް ނެތިފައިޥާ އަންހެނަކަށްވުން.ބަފައަކާ ނުލާ ކުދިން ބަލަން ޖެހިފައިވާ އަންހެނަކަށްވުން.","latin":"lhadharimaivun","english":""}
{ "dhivehi":"ޅަދުވަސް އައިސްގެން އުޅުން","definition":"މަޖާޒު:ތިމާގެ އުމުރަށްވުރެ ޅަކޮށް އުޅެންފެށީމާ ބުނެއުޅޭ ބަހެއް.މުސްކުޅި އުމުރުގައި ޅަކުދީންނާ ހިތާވެ މީހުންނާ އިނދެ އުޅުމުން ބުނާބަހެއް.","latin":"lhadhuvas aisgen ulhun","english":""}
{ "dhivehi":"ޅަދޮޅުކަން","definition":"ރަނގަޅަށް އުހެދި ބޮޑުވާކަން.ޅަކަމާއި ތާޒާކަން.ޅަކޮށްހެދޭކަން.","latin":"lhadholhukan","english":""}
{ "dhivehi":"ޅަތެލަނގަ","definition":"(ޅ.) ފިނދުލައިފައި ހުންނަ ވައިފިޔަމަޑި.","latin":"lhathelanga","english":""}
{ "dhivehi":"ޅަސަނދު","definition":"(ބދ.) ހުޅެވިހަނދު.","latin":"lhasandhu","english":""}
{ "dhivehi":"ޅަޔަށްއެޅުން","definition":"ފުރާދުއްވާ ތަކެތީގެ ޅަމައްޗަށް އޮއްސައިފައި ބެހެއްޓުން.މަޖާޒު: އަށި، އެނދު ފަދަ ތަންތާނގައި އެގޮތްމިގޮތަށް އޮށޯވެތިބުން.","latin":"lhayahelhun","english":""}
{ "dhivehi":"ޅަޖެހުން","definition":"އޮޑިދޯނި ފަހަރުގެ އެތެރެވަތުގައި ދެބަނޑު ފިޔަލަށް ފޯރާވަރަށް ހުރަހަށް ޅައަޅައިފައި އޭގެމަތީގައި ފަންޖެހުން.އޮޑިދޯނިފަހަރުގެ ވަތުގައި ހުރަހަށް އަޅާން ދަރުދަނޑީން ތައްޔާރު ކޮށްފާ އޮންނަ އަށިގަނޑު. އެތެރެވަތުގައި އަޅާ ފަންގިދަމާ ހެދުން.","latin":"lhajehun","english":""}
{ "dhivehi":"ޅަޢުމުރު","definition":"ފުރާ ފުރިހަމަ ނުވާ ދުވަސްވަރު.ހަގުއުމުރު.","latin":"lhaaumuru","english":""}
{ "dhivehi":"ޅާނބު","definition":"ރުއްގަހަށް އަރާން ދެފައިތިލައިގައި އަޅުވާމަޅި.ފަލިލައްވަން މެއްކުގައި އައްސައިފައި ހުންނަމަޅި.","latin":"lhaanbu","english":""}
{ "dhivehi":"ޅިނދު","definition":"މައިކަށީގެ ތިރީކޮޅާ އުނަގަނޑާ ދޭތެރެ.ވަޅިތިލައިގައި މުށްގަނޑަށް ޖަހާން އޮންނަތަން.","latin":"lhindhu","english":""}
{ "dhivehi":"ޅިނދުމަތި","definition":"ޅިނދަށްވީ ހިސާބު.","latin":"lhindhumathi","english":""}
{ "dhivehi":"ޅިނދުޖެހުން","definition":"ވަޅިތިލައިގެ މުށްގަނޑަށް ޖަހާތަން ހެދުން.","latin":"lhindhujehun","english":""}
{ "dhivehi":"ޅިއައި","definition":"(ބދ.) ގޮށްކުރެހުން.","latin":"lhiai","english":""}
{ "dhivehi":"ޅިއްޕުން","definition":"(ޅ.) މަޑިއްޕުން.","latin":"lhipun","english":""}
{ "dhivehi":"ޅިސް","definition":"ދެގަނޑެއްޗެއް އިންދާއިރު ގަދަކުރާން އެދެގަނޑެއްޗަށް އެތެރޭން ތޮރުފައިފާ ޖަހާ އިލި. މީގެ ދެކޮޅުހުންނާނީ ފޭއްސައިފައެވެ.ބދ. އިލި.","latin":"lhis","english":""}
{ "dhivehi":"ޅިސްކުރަދި","definition":"ފަޅައިގެން އޮޑިދޯނި ފަހަރުގެ ޅިސްކޮށާވަރުގެ ކުރަދި.","latin":"lhiskuradhi","english":""}
{ "dhivehi":"ޅިސްމޮހޮރު","definition":"ދެކޮޅު ފޭއްސިމޮހޮރު.","latin":"lhismohoru","english":""}
{ "dhivehi":"ޅިސްޖެހުން","definition":"މަޖާޒު: ކަމުން ކަމުން ގޮސް ބަނޑުފުރި ސިކާރަވުން.","latin":"lhisjehun","english":""}
{ "dhivehi":"ޅިސްޖެހެންދެންކެއުން","definition":"ކަމުން ކަމުން ގޮސް. (ބަނޑު ބޮޑުވުމުންވެސް ހުއްޓާނުލާ) ބަނޑަށް އުނދަގުވާ ވަރަށް ކާތަކެތީން މުޅިބަނޑުފުރާލުން.","latin":"lhisjehendhenkeun","english":""}
{ "dhivehi":"ޅިޔަ","definition":"ލަކުޑިގަނޑުގައި އުއިނާރާ އޮންނަތަން.ގަސްގަނޑުގެތެރެއަށް ތޮށި ވަދެފައި އޮންނަތަން.މަސްގަނޑުތެރޭ ހުންނަ ފަށްފަށް.ވަކިބާވަތެއްގެ ކުރެހުމަކައި ލިޔުމެއްގެސިފަ.މަސްގަނޑުބުރިވެ ވަކިނުވާވަރަށް ވަޅިން އަޅާތަން.މަސްގަނޑުގައި ހުރަހަށްއަޅާ ދެޅިޔަދޭތެރޭގެ ފޮތިވަރު.ބައެއްތަކެތި ވަކިނުކޮށް ކަފައިފައި ހުންނަ ކެފުން.","latin":"lhiya","english":""}
{ "dhivehi":"ޅިޔަނު","definition":"ގާތް ތިމާގެ އަންހެނަކު އިން ނުވަތަ އިނދެގެން އުޅޭ ފިރިހެންމީހާ.އަނބިމީހާ ނުވަތަ ފިރިމީހާގެ ތިމާގެ ފިރިހެނާ.","latin":"lhiyanu","english":"brother-in-law"}
{ "dhivehi":"ޅިޔަނެގުން","definition":"އަކުރުތަކެއްގެ ބައްޓަމަށް ޅިޔަކަނޑައި ނަގާކުރެހުން. މިކަން އާއްމުކޮށް ކޮށްއުޅެނީ ލަކުޑީގައެވެ.","latin":"lhiyanegun","english":""}
{ "dhivehi":"ޅިޔަންބޭބަލިކުޅަ","definition":"(ވ.) ގާވިޔަމަސް.","latin":"lhiyanbeybalikulha","english":""}
{ "dhivehi":"ޅިޔަންކަން","definition":"ޅިޔަނަކަށްވާކަން.","latin":"lhiyankan","english":""}
{ "dhivehi":"ޅިޔަންފަހަވެރިކަން","definition":"ތިމާގެ މީހަކާ އިނުމުން ވާގާތްކަން.","latin":"lhiyanfahaverikan","english":""}
{ "dhivehi":"ޅިޔަބެދުން","definition":"ކައްކާ އެއްޗެއް އޮލަވަމުން އައިސް އެތިކޮޅެއްނެގީމާ، އެނެގިތަން އެނގެން ހުންނަވަރަށް އޮލަވުން.","latin":"lhiyabedhun","english":""}
{ "dhivehi":"ޅިޔަކުރެހުން","definition":"ބިންވަޅުނަގައި ކުރެހުން.","latin":"lhiyakurehun","english":""}
{ "dhivehi":"ޅިޔައަކުރު","definition":"ފައިކޮޅުތައް ދިގުކޮށް ހުންނާނޭހެން ލާމަހަމުން ލިޔެފައިހުންނަ ޢަރަބި ލިޔުމެއް. މިބަލަލާއިރު ފުރަތަމަ ފެންނާނީ ކުރެހުމެއް ހެންނެވެ. އިހުގެ ބައެއް މިސްކިތް މިސްކިތުގެ ބެރީގައްޔާއި ބައެއް މަހާނަގަލުގައި މިލިޔުން ލިޔެފައި ހުރެއެވެ.","latin":"lhiyaakuru","english":""}
{ "dhivehi":"ޅިޔައެޅުން","definition":"ޅިޔަޔަށް ވާނޭހެން ކެފުން.ބުރިވެ ވަކިނުވާވަރަށް ކެފުން.","latin":"lhiyaelhun","english":""}
{ "dhivehi":"ޅިޔަޖެހުން","definition":"ޅިޔަ އެޅުން.","latin":"lhiyajehun","english":""}
{ "dhivehi":"ޅީ","definition":"ފޮނިގަދަ އެއްޗެހި ގިނައިން ކޭމާ. އަނގަޔަށާއި ކަރުތެރެއަށް ވާގޮތް.ފޫހި.","latin":"lhee","english":""}
{ "dhivehi":"ޅީވުން","definition":"ފޮނިގަދައެއްޗެހި ގިނައިންކޭމާ، އަނގަޔަށާއި ކަރުތެރެޔަށް އެވާ ގޮތްވުން.ފޫހިވުން.","latin":"lheevun","english":""}
{ "dhivehi":"ޅީދަރިފުޅު","definition":"ފިރިހެންދަރީގެ އަނބިޟީހާ.","latin":"lheedharifulhu","english":""}
{ "dhivehi":"ޅީގޮއްޔެ","definition":"ޅީދަރިފުޅު.","latin":"lheegoye","english":""}
{ "dhivehi":"ޅެން","definition":"ހިތުގައި އުފެދޭ ޝުއޫރެއް، ނުވަތަ ހިތަށްވައްދާ ޝުއޫރެއް މާނައެއް ދޭހަވާގޮތަށް ވަޒަނަކަށް ފެތޭނޭހެން ބައިތުތަކެއްގެ މައްޗަށް އެކުލަވައިލައިގެން ފާޅުކުރާ ބަސްތައް.","latin":"lhen","english":"poem"}
{ "dhivehi":"ޅެން ލަވަ","definition":"މުސްކުޅި ބޮޑުލަވައިގެ ރާގު.މުސްކުޅި ބޮޑުލަވަ.","latin":"lhen lava","english":""}
{ "dhivehi":"ޅެންހެދުން","definition":"ޅެންއެކުލަވައިލުން.","latin":"lhenhedhun","english":""}
{ "dhivehi":"ޅެންބަހުރުވަ","definition":"ޅެންހަދައިފައި ހުންނަ ވަޒަންތައް.ކާފިޔާހަމަކޮށް ދައްކާ ވާހަކަ.ވަޒަން ބަހުރުވައިގެ ފަންނު.","latin":"lhenbahuruva","english":""}
{ "dhivehi":"ޅެންބައި","definition":"އެއް މައިގަނޑު ނަމެއްގެ މައްޗަށް އެކަކު ހަދައިފައި ހުންނަ ޅެންތައް. މިސާލު: ސިޔަރަތުގެ ރަންހާރު.ޅެމެއް. މިސާލު: ޤުރުއާން ޅެންބައި.","latin":"lhenbai","english":""}
{ "dhivehi":"ޅެންބަސް","definition":"ޅެމުގެ ވަޒަނުން ބުނާބަސް.ޅެން.ވަޒަން ބަހުރުވައިގެ ބަސްމަގު.","latin":"lhenbas","english":""}
{ "dhivehi":"ޅެންވެރިކަން","definition":"ޅެންހަދާ މީހުން.ޛިކުރު މައުލޫދުގައި ޅެން ލަވަ ކިޔާ މީހުން.ވަޒަން ބަހުރުވައިގެ ފަންނުވެރިން.","latin":"lhenverikan","english":"poetry"}
{ "dhivehi":"ޅެންވެރިކަން","definition":"ޅެން ހެދުމުގެ ހުނަރުވެރިކަން.ޅެން ހެދުމުގެ ހުނަރު ލިބިފައިވާކަން.","latin":"lhenverikan","english":"poetry"}
{ "dhivehi":"ޅޭ","definition":"އޭތް. (ފިރިހެނުންނަށް ނިސްބަތްކޮށް ގޮވާލާން ބޭނުންކުރާ އަކުރެއް.)","latin":"lhey","english":""}
{ "dhivehi":"ޅޭނބޫ","definition":"ކަށިޅޭނބޫ.","latin":"lheynboo","english":""}
{ "dhivehi":"ޅޭތް","definition":"(ލ.) ފިރިހެނަކުނަމަ އޭއްޔޭ ގޮވާލާގޮތް.","latin":"lheyiy","english":""}
{ "dhivehi":"ޅޮހާރު","definition":"ވިހައިގެ ބޭހުގެ ތެރެއިން ހިމެނޭ އެއްޗެއް. މިއީ ޅޮސްގަހުގެ އާރު ކަމަށް ބުނެއެވެ.","latin":"lhohaaru","english":""}
{ "dhivehi":"ޅޮނގު","definition":"ފަރުމަހުގެ ބާވަތެއް. މިއީ، ލޯބޮޑު ހުޅުނބު ބޯ ހުދުކުލައާއި މަޑުމުށި ކުލައެއް ހުންނަ ވަރަށް މަޑުމަޑުން ދުވާ މަހެކެވެ.","latin":"lhongu","english":""}
{ "dhivehi":"ޅޮސް","definition":"ލަކުޑި ދެރަ އަވަހަށް ބޮޑުވާ ގަހެއް. މީގެ ފަތްހުންނާނީ އަހިފަތާ ގާތްގޮތަކަށް އެއަށްވުރެ ބޮޑެތި ކޮށެވެ.","latin":"lhos","english":""}
{ "dhivehi":"ޅޮސްއުނދޯއްޔަށް އެރުވުން","definition":"މަޖާޒު: މީހަކު ހައްލައިގެން އެމީހާޔަށް މިވަނީ މޮޅުކަމެކޭ ހީވާގޮތުގައި ދެރައެއް ދިނުން.","latin":"lhosundhoahyah eruvun","english":""}
{ "dhivehi":"ޅޮސްމިޔަރު","definition":"ނިދަން މިޔަރުގެ ވައްތަރެއް. މިއީ އާދައިގެ މިޔަރަށްވުރެ ކުރު، ބަނޑުބޮޑު މިޔަރެކެވެ. ކަންފަތް ތަންކޮޅެއް ދިގުވާނެއެވެ. މިއީ ވަކިން އުޅޭ މިޔަރެކެވެ. އޮޔާދާ އެތިއެތި ކޮޅުގެ ކައިރީ ހުއްޓި ހުންނާނެއެވެ.","latin":"lhosmiyaru","english":""}
{ "dhivehi":"ޅޮސްފަނި","definition":"ޅޮސްގަހުގައި އަޅާ ފަނި. މިއީ ފެހިކުލައިގެ ފަންޏެކެވެ. މިފަނިދުވާނީ ދެކޮޅު ޖައްސައިފައި މެދުނަގަމުންނެވެ.","latin":"lhosfani","english":""}
{ "dhivehi":"ޅޮސްގަނޑު","definition":"މަޖާޒު: ވައްތަރުހެޔޮކޮށް ހުރެމެ ބާރުދެރަ، ކަމެއްނުވެވޭ މީހާ.","latin":"lhosgandu","english":""}